ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ހއ.އުލިގަން ކަސްޓަމްސް އަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/01 އިޢުލާނަށް އަންދާސީ ހިސާބި ހުށަހަޅަން އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
21 ޖުމާދުލްއާޚިރާ 1440
26 ފެބުރުވަރީ 2019