ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/027
އިޢުލާން
ގއ.ދާންދޫގައި ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާގުޅޭ:
މި ކުންފުނީގެ ގއ.ދާންދޫ ބްރާންޗުގެ ބައެއްސަރަޙައްދު ތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގއ.ދާންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 12:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގއ.ދާންދޫ އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
19ޖުމާދަލް އާޚިރާ 1440
24 ފެބްރުއަރީ 2019
