ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/028
އިޢުލާން
ގއ.ގެމަނަފުށީގައި ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާގުޅޭ:
މި ކުންފުނީގެ ގއ.ގެމަނަފުށި ބްރާންޗުގެ ބައެއްސަރަޙައްދު ތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2019 ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގއ.ގެމަނަފުށި ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ގއ.ގެމަނަފުށި އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
19 ޖުމާދަލް އާޚިރާ 1440
24 ފެބްރުއަރީ 2019
