ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/046
އިޢުލާން
ނ. މަގޫދޫ ބްރާންޗުގެ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ނ. މަގޫދޫ އިންޖީނުގޭގައި ޢިމާރާތް ކުރެވިފައިވާ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ:FNK-I/IUL/2019/016 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށިގެންވާ ވަރަށްވުރެ އަނގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ނ. މަގޫދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،04 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ނ. މަގޫދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ޖުމާދަލް އާޙިރާ 1440
19 ފެބްރުއަރީ 2019
