ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/044
އިޢުލާން
ށ. މިލަންދޫ ބްރާންޗުގެ އޮއިލް ރޫމް ހެދުމާއި، އިންޖީނު ބެޑް އެޅުމާއި، ކޭބަލް ކާނު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ށ. މިލަންދޫ އިންޖީނުގޭގައި އޮއިލް ރޫމް ހެދުމާއި، އިންޖީނު ބެޑް އެޅުމާއި، ކޭބަލް ކާނު އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ: FNK-I/IUL/2019/020 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށިގެންވާ ވަރަށްވުރެ އަނގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ށ. މިލަންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،04 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ށ. މިލަންދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ޖުމާދަލް އާޙިރާ 1440
19 ފެބްރުއަރީ 2019
