ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
| މަޤާމް: | އިޖުތިމާޢީ ސުޕަރަވައިޒަރ | ބޭނުންވާ ޢަދަދު: 01 | ||
| މަޤާމުގެ ބާވަތް: | ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.) | |||
| މުސާރައާއި އެލަވަންސް | މުސާރަ (މަހަކު) 4500/-(ހަތަރުހާސް ފައްސަތޭކަ ރުފިޔާ) | |||
| ޙާޟިރީ އެލަވަންސް | މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 16/67 (ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) | |||
| އިތުރު އެލަވަންސްތައް: | އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ. | |||
| ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: | ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި. | |||
| ތަޢްލީމީ ފެންވަރު: 1- ޖީސީއީ އޯލެވެލް ، ކޭމްބްރިޖު އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން C ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން C ގްރޭޑް ޙާޞިލުކޮށްފައި ވުން. ނުވަތަ 2- ބަނދަރު ބެލެހެއްޓުމާއި ރަށުތެރެ ބެލެހެއްޓުމުގެ ހުނަރުވެރިކަން ލިބިފައިވާކަން އެނގޭނެ ލިޔުމެއް އޮތުން ނުވަތަ ސުޕަރަވައިޒަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން. | ||||
| މަޤާމަށް ބޭނުންވާ ހުނަރު: 
 | 
 | |||
| ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 
 | ||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް. 4- އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް. | |||
| ސުންގަޑި: | 28 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް. | |||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
                    