މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު (IUL)14-PR/1/2019/ އިޢުލާނާއި ގުޅިގެން އާރ. އޯ، ޔޫވީ ފެންފިލްޓަރާއި ވޯޓަރ ޑިސްޕެންސަރ ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް

އިޢުލާން

 

 

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޯޓާރ ޕިއުރިފަޔާރ އަދި ވޯޓާރ ޑިސްޕެންސަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/01 އިޢުލާނަށް ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުން ކަސްޓަމްސްއިން ބޭނުންވާ މަޤުސަދު (ދިގު މުއްދަތަކަށް އަގު ހެޔޮކޮށް ސާފު ފެން ލިބޭނެ ނިޒާމެއް ޤާޢިމު ކުރުމާއި ވަކި މުއްދަތަކަށް މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުން) ހާސިލު ނުކުރެވޭކަން ފާހަގަ ކުރެވިފައިވާތީ، މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނެސް، އެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334172/3334113 ފޯނަށް ގުޅުއްވުން އެދެމެވެ.

 

09 ޖުމާދަލްއާޚިރާ 1440

14 ފެބުރުވަރީ   2019

 

 

މިއޮފީހުގެ ނަންބަރު (IUL)14-PR/1/2019/  އިޢުލާނާއި ގުޅިގެން އާރ. އޯ، ޔޫވީ ފެންފިލްޓަރާއި ވޯޓަރ ޑިސްޕެންސަރ ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ  މަޢުލޫމާތު ކަރުދާސް

 

  1. 1.     ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފްސީލް

ލޮޓް 1

#

ތަފްސީލު

އަދަދު

1.1

އާރ. އޯ ޔޫ.ވީ ފެން ފިލްޓަރ ޕްލާންޓް

16

 

ލޮޓް 2

#

ތަފްސީލު

އަދަދު

1.2

(8-20 ދެމެދުގެ ލީޓަރ ކެޕޭސިޓީ) ވޯޓަރ ޑިސްޕެންސަރ

21

 

  1. 2.     ހަވާލުކުރެވޭ މަސައްކަތް

2.1. އާރ.އޯ، ޔޫވީ ފެން ފިލްޓަރ ޑެލިވަރީކޮށްދިނުން.

2.2. ވޯޓަރ ޑިސްޕެންސަރ ޑެލިވަކުރުން (8-20 ދެމެދުގެ ލީޓަރ ކެޕޭސިޓީ) މީގެ ތެރޭގައި ފެންއަޅާ ހަން، ޖާރ، ބިއްލޫރި ފުޅި ފަދަ ތަކެތި ހިމެނޭނެއެވެ. މިގޮތުން ސަޕްލައިކުރާ އެތީގައި ފެންއެޅޭގޮތަށް ހުރެފައި އަދި ފެން ނެގޭނެ އިސްކޫރެއް ހުންނަން ވާނެއެވެ. 

2.3. މެޝިންތަކުގެ ސާރވިސް އަމިއްލަ ތަކެތީގައި މަދުވެގެން 1 އަހަރުގެ މުއްދަތަށް ކޮށްދޭންވާނެއެވެ. (މެޝިނަށް ދިމާވާ މައްސަލަ ރަނގަޅުކޮށް އަދި ބޭނުންވާ ސްޕެއަރތައް އަމިއްލަ ޚަރަދުގައި ބަދަލުކުރުން)

  

  1. 3.     ސަމާލުކަން ދޭންވީ ކަންތައްތައް

3.1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

3.2. ޔުނިޓް ޕްރައިސްއަށް ޖީ.އެސް.ޓީ އިތުރު ކުރެވޭނީ އެއިރެއްގެ ޖީ.އެސް.ޓީ ރޭޓެވެ.

3.3. ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.

3.4. ބިޑު އިވެލުއޭޓު ކުރާނީ ކޮންމެ ލޮޓެއް ވަކިންނެވެ. މިގޮތުން ކޮންމެ ލޮޓަކުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް އެލޮޓެއް އެވޯޑުކުރެވޭނެއެވެ.

3.5. މެޝިނުން މަދުވެގެން ގަޑިއިރަކު 10-15 ލީޓަރު ފެން އުފެއްދެންވާނެއެވެ.

3.6. އަންދާސީހިސާބުގައި މަދުވެގެން 30 ދުވަހުގެ ކްރެޑިޓް ޕީރިއަޑްއެއް ދޭންވާނެއެވެ.

3.7. މެޝިނަށް ގެއްލުމެއް ލިބިގެން މަސައްކަތް ހަވާލުކުރާފަރާތުން ރިޕޯޓު ކުރާތާ ގިނަވެގެން 60 މިނެޓް ތެރޭގައި މަސައްކަތާއި ހަވާލުވި ފަރާތުން އެކަމަށް އެޓެންޑް ކުރަންޖެހޭނެއެވެ.

3.8. އަންދާސީހިސާބާއެކު އަހަރަކަށް މެޝިންގެ ސްޕެއަރ އަދި މެއިންޓަނަންސްއަށް ޚަރަދުވާނެ ކަމަށް ލަފާކުރާ ޚަރަދު ހިމަނަންވާނެއެވެ.

3.9. އަންދާސީހިސާބާއެކު މެޝިންތަކަށް ބޭނުންވާ ސްޕެއަރ އަދި ފިލްޓަރުތައް ފޯރުކޮށްދޭނެ އަގު (3 އަހަރު ދުވަހުގެ މުއްދަތަށް) ހުށަހަޅަންވާނެއެވެ.

3.10.                  މިމަސައްކަތް 17 މާރިޗު 2019 އަށް ކޮށްނިންމަންވާނެއެވެ.

3.11.                  އަންދާސީހިސާބާއެކު މެޝިނުން ފެން ބާކީވާ (ވޯޓަރ ވޭސްޓޭޖް ޕަސަންޓޭޖް) އަދަދު ބަޔާންކުރަންވާނެއެވެ.

3.12.                  އާފްޓާރ ސޭލްސް ސާރވިސް (ސާރވިސް ސެންޓަރ) އަދި މެޝިންތަކަށް ބޭނުންވާ ސްޕެއަރ ލިބެން ހުންނާނެ ގޮތުގެ ތަފްސީލު ހުށަހަޅަންވާނެއެވެ. މިގޮތުން އަމިއްލަ ސަރވިސް ސެންޓަރ ހުންނަ ފަރާތްތަކުން އެކަން ބަޔާން ކުރަންވާނެއެވެ. އަދި ސަރވިސް ސެންޓަރ ނުހުންނަ ފަރާތްތަކުން ވިއްކާ ތަކެތި ސަރވިސް ކުރެވޭނެ ސަރވިސް ސެންޓަރެއް ކަނޑައަޅަން ވާނެއެވެ. މިގޮތުން މިޚިދުމަތް ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތާއި މުއްދަތު ތަފްސީލުކޮށް އަންދާސީ ހިސާބުގައި ބަޔާން ކުރަން ވާނެއެވެ.

3.13.                  ބިޑް ކާމިޔާބުކުރާ ފަރާތުގެ އަންދާސީހިސާބުގައި 5 އަހަރު ދުވަހުގެ މުއްދަތަށް އާފްޓާރ ސޭލްސް ސާރވިސް (ސާރވިސް ސެންޓަރ) އަދި މެޝިންތަކަށް ބޭނުންވާ ސްޕެއަރ ދެވޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތެއްނަމަ، އަންދާސީހިސާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިދެންނެވުނު ތަކެތި / ޚިދުމަތް ފޯރުކޮށްދިނުމަށް އުޒުރުވެރިވެއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ 1 އަހަރު ވުމަށްފަހުގައެވެ. އަދި މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން އެފަރާތެއް ބްލެކް ލިސްޓްކުރެވޭނެއެވެ.

3.14.                  ކަސްޓަމްސްގެ ބިޑް ކޮމެޓީއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމަށްފަހު، ބިޑްކާމިޔާބުވި ފަރާތުން އެއްވެސް ސަބަބަކާއިހުރެ މަސައްކަތް ކުރުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ 1 އަހަރު ވުމަށްފަހުގައެވެ. އަދި މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން އެފަރާތެއް ބްލެކް ލިސްޓްކުރެވޭނެއެވެ.

 

  1. 4.     އަންދާސީހިސާބު ހުށަހެޅުން

4.1. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 24 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އަށެވެ.

4.2. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

4.3. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

4.4. އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.

  1. 5.     ހުށަހަޅަންޖެހޭ ތަކެތި

5.1. ކުންފުއްޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން.

5.2. ކުންފުނީގެ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ނުވަތަ ލޯކަލް އިންވެސްޓްމެންޓްގެ ކޮޕީ.

5.3. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ، ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.

5.4. އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް،ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.

5.5. ބްރޭންޑް އަދި އެހެނިހެން މައުލޫމާތު އަދި ފޮޓޯ ހިމެނޭ ލިޔުންތައް ހުށަހެޅުން.

5.6. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ކުންފުނީގެ މަޢުލޫމާތު، ޤާބިލްކަން، އަދި ތަޖުރިބާ އެނގޭނެ ފަދަ ލިޔުންތައް ހުށަހެޅަންވާނެއެވެ.

5.7. އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

 

v     އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ އުސޫލުންނެވެ.

ޕޮއިންޓް ދެވޭނެ ގޮތް

  • ހުށަހަޅާ އަގު

60 މާކްސް

  • ޓެކްނިކަލް އިވެލުއޭޝަން

20 މާކްސް

  • ޑެލިވަރީ

10 މާކްސް

  • ޤާބިލްކަން

10 މާކްސް

ޖުމްލަ

100 މާކްސް

  • ·         ޓެކްނިކަލް އިވެލުއޭޝަން: 20 މާކްސް (މިބައިގައި މާކްސް ދެވޭނީ ފެން އުފައްދާ މިންވަރާއި ވޯޓަރ ވޭސްޓޭޖް ގެ ނިސްބަތަށް ބަލއި ފެނުގެ ޚަރަދު އެންމެ ކުޑަކޮށް ފެން އުފައްދާ ފަރާތަށް އެންމެ މަތީ މާކްސް)
  • ·          ތަޖުރިބާ – 10 މާކްސް (ތަޖުރިބާ ބަލާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.)
  • މިހާތަނަށް ކޮށްނިންމާފައިވާ މިބާވަތުގެ މަސައްކަތްތަކަށް 10 މާކްސް (މަސައްކަތްކޮށް ނިންމާފައިވާ ކޮންމެ ލިޔުމަކަށް 2 މާކްސް، ގިނަވެގެން 10 މާކްސް) މިފަދަ މަސައްކަތް ކޮށްފައިވާކަން އެނގޭނެ ލިޔުން ހުށަހެޅުން.
  • ·         ޤާބިލްކަން – 10 މާކްސް (ޤާބިލްކަން ބަލާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.)
  •  މެޝިންތަކުގެ އާފްޓަރ ސޭލްސް ސާރވިސް އަދި ޓެކްނިކަލް އެސިސްޓެންޓް ދޭނެ ސާރވިސް ސެންޓާރ ހުރިފަރާތްތަކަށް – 5 މާކްސް
  • އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމުގެ ލިޔުން ހުށަހަޅާ ފަރާތްތަކަށް – 5 މާކްސް

 

14 ފެބުރުވަރީ 2019

14 ފެބުރުވަރީ 2019
ހޯދާ