ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކައުންސެލިންގ ޕްރޮގްރާމްތަކެއް ހިންގުމަށް

ޤައުމީ ކުތުބުޚާނާ އާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ފެބުރުވަރީ 6، 13، 20 އަދި 27ގައި، ކައުންސެލިންގ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިޕްރޮގްރާމުގައި ތިޔަބޭފުޅުން  ބޭނުންވެލައްވާ ކޮންމެ މައުޟޫޢަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ.

މި ކައުންސެލިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ބޭފުޅުންނަށްވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.   ވީމާ، މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މިޕްރޮގްރާމް އޮންނަ ހަފުތާތަކުގެ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކުތުބުޚާނާގެ ކައުންޓަރުގައި ނަން ނޯޓު ކުރެއްވުން އެދެމެވެ.                                           

15 ރަބީޢުލްއައްވަލް  1435

16 ޖަނަވަރީ 2014
ހޯދާ