ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އޮންލައިންކޮށް ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތަކާބެހޭ

މިހާރަކަށްއައިސް އޮންލައިންކޮށް ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތަކާ ގުޅިގެން ތަފާތު ގިނަ މައްސަލަތަކެއް މިޑިޕާޓްމަންޓަށް ހުށަހަޅަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، މިމައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން 26 ޖަނަވަރީ 2014 ވާ އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ހުޅުވާ އެކައުންޓުތައް ލިންކުކޮށް ވެރިފައި ކުރެވޭނީ، އެކައުންޓްގެ ވެރިފަރާތާއި އެކައުންޓް ލިންކް ކުރާ ފަރާތް އިމިގްރޭޝަންގެ އޮންލައިން ރެޖިސްޓްރޭޝަން ސެކްޝަނަށް ހާޒިރުވުމުން ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި އަމިއްލަ ކުންފުނިތަކާއި އެކިއެކި ޖަމްޢިއްޔާތަކުގެ އެކައުންޓްތައް ލިންކްކޮށް ވެރިފައި ކުރުމަށްޓަކައި، އެކުންފުންޏެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ އިސް ބޭފުޅެއް މިޑިޕާޓްމަންޓަށް ހާޒިރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.  އަދި މިކަމުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

ޝުކުރިއްޔާ!

18 ރަބީޢުލްއައްވަލް 1435

19 ޖަނަވަރީ 2014
ހޯދާ