ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދެވޭ އެވޯޑް
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ (31 މެއި) މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.
މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ޢާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "ޓޮބޭކޯ އެންޑް ލަންގް ހެލްތް (Tobacco and Lung Health)" އެވެ.
ވީމާ، ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް ނުވަތަ އަމިއްލަ ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ފެބުރުވަރީ 2019 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑައިގަންނަވާނީ ޑަބްލިއު.އެޗް.އޯގެ ވެބްސައިޓް https://www.who.int/tobacco/wntd/2019-awards-call-for-nominations/en/ އިންނެވެ.
މިކަމާގުޅޭ މަޢުލޫމާތު އިތުރަށް ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރ: 3014455 ފޯން އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] މި އީމެއިލް އަށް ފޮނުއްވުން އެދެމެވެ.
24 ޖުމާދުލްއޫލާ 1440