މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ހޯލުއިމާރާތު ބައެއް ދޮރުތައް އެލްމެނިއަމް ދޮރުތަކަށް ބަދަލުކުރުން

 

 

ފ. މަގޫދޫ ސްކޫލް

 

 

     މާލެ،

 

   ދިވެހިރާއްޖެ.

 

                                         އިޢުލާން ނަންބަރ:GS71-D/IUL/2019/07

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިސްކޫލްގެ ހޯލް ޢިމާރާތުގައި ހަރުކޮށްފައިވާ ބައެއް ކުޑަދޮރުތަކާއި ބޮޑުދޮރުތައް އެލްމިނިއަމް ދޮރުތަކަށް ބަދަލްކުރުމަށް ކުރެވުނު، ނަންބަރު: GS71-D/IUL/2018/18 އިޢުލާނާ ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބު ތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖަނަވަރީ 28 އިން 2019 ފެބްރުވަރީ 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ފެބްރުވަރީ 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ފެބްރުވަރީ 06 ވާ ބުދަ ދުވަހުގެ 11:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ފެބްރުވަރީ  14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިދާރީ ސެކްޝަން

ފ.މަގޫދޫ ސްކޫލް

ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.

ފޯން: 7952912

އީ-މެއިލް: [email protected]

 

21 ޖުމާދުލްއޫލާ 1440

27 ޖަނަވަރީ 2019

27 ޖަނަވަރީ 2019
ހޯދާ