ދިވެހިރާއްޖެ
މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ތިންވަނަ ދައުރަށް އިންތިޚާބުވުމާއި ގުޅިގެން ބާއްވާ އިފްތިތާޙީ ޖަލްސާ ބޭއްވުމާއި ބެހޭ
2019 ވަނަ އަހަރުގެ މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތިންވަނަ ދައުރަށް އިންތިޚާބު ވުމާއި ގުޅިގެން ޤާނޫނުން ލާޒިމްކުރާ ފުރަތަމަ ޖަލްސާ (އިފްތިތާޙީ ޖަލްސާ) 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 13:30ގައި މަޑަވެލި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާގައި މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވެފައިވާ މެމްބަރުންގެ ތެރެއިން ރައީސާ އަދި ނައިބު ރައީސާ ހޮވުމުގެ އިތުރުން މެމްބަރުންގެ އިޤުރާރުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިބައްދަލުވުމަށް މަޑަވެލި އެންމެހާ ރައްޔިތުންނަށާއި، އަދި ރަށުގައި ގާއިމްވެފައިވާ އެންމެހާ ސަރުކާރު މުއައްސަސާތަކަށް ދަޢުވަތު އަރުވަމެވެ.
