ދިވެހިރާއްޖެ
`
ދިވެހިބަހުގެ އެކެޑަމީ
މާލެ، ދިވެހިރާއްޖެ.
ނަންބަރު: IUL)430-DBA-I/430/2019/4)
އިޢުލާނު
| 
 މަޤާމް:  | 
 އެޗް. އާރު އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-251556  | 
| 
 ބޭނުންވާ އަދަދު: 
  | 
 1  | 
| 
 މަޤާމުގެ ގިންތި: 
  | 
 ދާއިމީ 
  | 
| 
 މަޤާމުގެ ރޭންކް: 
  | 
 އެމް. އެސް. 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
  | 
 ދިވެހިބަހުގެ އެކެޑަމީ، ކ. މާލެ 
  | 
| 
 މުސާރަ:  | 
 5610.00 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް: 
  | 
 2000.00 ރުފިޔާ  | 
| 
 އެހެނިހެން އިނާޔަތް:  | 
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. އޮފީހުގެ ޕްލޭންތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން. 2. އޮފީހުގެ އޮނިގަނޑު ހެދުމާއި، މަސައްކަތަށް އަންނަ ބަދަލުތައް ބަލައި، އެކަން ކުރުން. 3. އޮފީހުގެ މުވައްޒަފުންނަށް އިތުރު ތަމްރީނާއި ތަޢުލީމު ދިނުމުގެ އޮނިގަނޑެއް ހަދައި މުވައްޒަފުން ތަމްރީނު ކުރުމާބެހޭ އެންމެހާ ކަންތައް ކުރުން. 4. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންތައް ރާވައި ހިންގުން. 5. ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން. 6. މެނޭޖްމެންޓް ކޮމިޓީގެ ކަންތައް ބެލެހެއްޓުން. 7. މުވައްޒަފުންގެ މުސާރައިގެ ކަންތައް ކުރުން. 8. އެޓެންޑެންސް ސިސްޓަމް ހަރުދަނާކޮށް، މިޒަމާނުގެ އެހީގައި ހާޟިރީ ކަންތައް ބެލެހެއްޓުން. 9. އީ-އެޑްމިން ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. އަދި އެއާއެކު މުވައްޒަފުންގެ ރެކޯޑް ސިސްޓަމެއް ޤާއިމު ކުރުން. 10. މުވައްޒަފުން ޝައުޤުވެރި ކުރުވުމާއި، އަހުލުވެރި ކުރުވުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުން. 11. މުވައްޒަފުން ލެއްވުމަށް، ބަސްދީގަތުން ބޭއްވުމާއި، ވަޒީފާ ދިނުމާއި ވަކިކުރުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުން. 12. މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބެލޭނެ އިންތިޒާމެއް ރާވައި ކުރިއަށް ގެންދިއުން. 
  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ހިޔުމަން ރިސޯސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފަރެންސް ޗެކްފޯމް. 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
  | 
 ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެންހުންނާނެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. މިގޮތުން އީމެއިލް ކުރައްވާއިރު މަޤާމަށް އެދި ހުށައަޅާ ފަރާތްކަން އެނގޭނެ އީމެއިލް އެޑްރެހެއް ބޭނުންކުރެއްވުމަށް ސަމާލުކަން ދެއްވައި ހުރިހާ ލިޔެކިޔުން އެއް އީ-މެއިލްއެއްގައި ހަމައަށް ހިމެނުއްވުމަށްފަހު ފޮނުއްވުމަށް ވެސް ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. 
  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: 
  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖެނުއަރީ 22 އާ 28 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  | 
| 
 ޝޯޓް ލިސްޓްކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3028000/3028013 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
