މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 1. ނަންބަރު: GS71-D/IUL/2018/13 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

 

2 ކޮޓަރީގެ ގެއެއް ނުވަތަ 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފުން

 

2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

 

ގޭގައި / އެޕާޓްމެންޓްގައި ހުންނަންޖެހޭ ޝަރުތުތައް:

 

 1. ގްރައުންޑް ފުލޯގައި ހުރި 2 ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ 2 ކޮޓަރީގެ ގެއެއް ކަމުގައި ވުން.
 2. ގެ ހުންނަންވާނީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި އިމާރާތްކުރެވިފައެވެ. މި ގޮތުން ރާނާ ދެފަރާތުން ސިމެންތިޖަހައި ކުލަލައި، މުޅިގޭގެ އެތެރޭގައި ތަށިމުށިޖަހައި ސީލިންގ ކުރެވިފައެވެ. އަދި ދޮރާއި ދޮރުފަތް ލެވި އަތްގަނޑު ތަޅުހަރުކޮށް ދޮރުފޮތި ހަރުކުރެވިފައެވެ.
 3.  5 ފޫޓަށްވުރެން އުސްމިނުގައި ގޭގެ ވަށާފާރު ރާނައި ދެފަރާތުގައި ސިމެންތިޖަހައި ދޮރާއި ދޮރުފަތްލެވި އަތްގަނޑު ތަޅުހަރުކުރެވިފައެވެ.
 4. ރަށުގެ ޕަވަރ ހައުސް އަދި ކުނިގޮނޑުފަދަ ޕޮލިއުޝަންގެ އުނދަގޫނުވާ ތަނެއްކަމުގައެވެ.
 5. ގޭގައި މަދުވެގެން ދެ ނިދާކޮޓަރި އެޓޭޗް ފާޚާނާއާއެކު ، ސިޓިންގރޫމް އަދި ބަދިގެ،  ކާގެ ހުންނަވާނެއެވެ.
 6. ސިޓިންގރޫމްގައި ކައްކާގޮތަށް ހަމަޖެހިފައިހުރި ތަނެއްކަމުގައި ނުވުން.
 7. ސިޓިންގރޫމްގައި ކުޑަވެގެން 10×12 ފޫޓު ހުރިތަނެއްކަމުގައިވުން.
 8. އެއްގޯއްޗެއްގެ ތެރޭގައި ވަކި އެޕާޓްމެންޓް ގޮތަށް އިމާރާތްކުރެވިފައިވާ ތަނެއްނަމަ، ކުއްޔަށް ދޫކުރާ ބައި ހުންނަންވާނީ މުޅިން ވަކިން ވަދެ ނިކުމެވޭގޮތަށް ވަކިކުރެވިފައެވެ. ކުއްޔަށްދޫކުރާބައިގައި ނުވަތަ އެޕާޓްމެންޓްގެ ތެރެއިން އެހެން ބައިތަކަށް ވަދެނިކުމެވޭގޮތަށް ހުރިތަނެއްކަމުގައި ނުވުން.
 9. މީހުން ދިރިއުޅޭ ސަރަހައްދާއި ވަކިން ހުރިތަނެއްކަމުގައި ނުވުން.
 10. ކުއްޔަށްދޭގެ ނުވަތަ އެޕާޓްމެންޓްގައި ދެ ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުރިކަމުގައިވިޔަސް އެކޮޓަރިތައް ވެރިފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.  
 11. ގޭގެ ކަރަންޓާއި ފެން ހުންނަން ވާނީ ވަކިން ބިލް ކުރެވޭގޮތަށް ވަކި ކުރެވިފައެވެ.
 12. ގޭގެ ސެކިއުރިޓީ ހުންނަންވާނީ ވަރަށް ރަނގަޅު ފެންވަރެއްގައެވެ.

 

 

ގެއިން ދޭންޖެހޭ ޚިދުމަތްތައް

 

 1. ގެއިން އިތުރު އަގަކާއި ނުލައި ތިރީގައިމިވާ ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ. މި ޚިދުމަތްތައް ދިނުމަށް އެއްބަސްނުވާ ފަރާތެއްގެ ގެ ކުއްޔަށް ހިފާގޮތަށް ހަމަޖެހިފައެއްނުވެއެވެ.

13.1    ތަކެތި ދިނުމުން ގޭގައި އުޅޭބަޔަކަށް ކައްކާ ކާންތައްޔާރުކޮށްދިނުން.

13.2    އަންނައުނު އަދި ބެޑްޝީޓް ބާލިސް ފަދަ ތަކެތި ދޮވެ އިސްތިރިކޮށްދިނުން.

13.3    ހަޑިވިޔަ ނުދީ މުޅި ގެއާއި ގޯތިތެރެއާއި މަގުމަތި އަދި ފާޚާނާތައް ސާފުކުރުމާއި އުފެދޭ ކުނި ނައްތާލުން.

ގޭގައި ހުންނަންޖެހޭ ތަކެތި:

 1. ގޭގެ ސިޓިންގރޫމްގައި ތިރީގައި މިދަންނަވާ ފަރުނީޗަރާއި ތަކެތި ހުންނަންވާނެއެވެ.

14.1    މަދުވެގެން 6 މީހުނަށް އިށީނދެވޭ ވަރުގެ ސޯފާސެޓެއް ( ކުޑަމޭޒަކާއިއެކު)

14.2    ޓީވީ ( ކުޑަވެގެން 21 އިންޗީގެ )

14.3    ފަންކާ

14.4    އެކަށީގެންވާ މިންވަރަށް ލައިޓް

14.5    ފައިވާން ބަހައްޓާ ހަރުގަނޑު

 1. ގޭގައި ހިމެނޭ ނިދާކޮޓަރިތަކުގައި ތިރީގައިމިދަންނަވާ ފަރުނީޗަރާއި ތަކެތި ހަމައަށް ހުންނަންވާނެއެވެ.

15.1    ޑަބަލް އެނދެއް ، ރަނގަޅު ފެންވަރުގެ ގޮދަނޑިއަކާއި އަދި މަދުވެގެން 2 ބާލިހާއެކު

15.2    ކުޑަވެގެން ދެ ދޮރުފަތްލީ އަލަމާރިއެއް ( ކޮނޑުއަޅުވާބައި ހިމެނޭގޮތަށް)

15.3    ޑްރެސިންގ ޓޭބަލެއް

15.4    މަދުވެގެން 2 ބެޑްޝީޓާއި އަދި 4 ބާލިސް އުރަ ( ދެ ސެޓް) އަދި 1 ރަޖާ

15.5    ފަންކާ / އޭސީ އަދި އެކަށީގެންވާ ޢަދަދަކަށް ލައިޓް

15.6     ޑަސްބިނެއް

 1. ގޭގެ ފާޚާނާތަކުގައި ތިރީގައި މިދަންނަވާތަކެތި ހުންނަންވާނެއެވެ.

16.1    ހެޑްޝަވަރު ނުވަތަ ހޭންޑް ޝަވަރު ( ފެންވެރުމަށް ބޭނުންކުރާ)

16.2    ފާވަސް ނުދުވާ ފެންވަރަށް ބޭނުންކުރާ ފެން

16.3    އުސް ފާޚާނާ ތަށި

16.4    ފާޚާނާ ސާފުކުރާ ބުރުސް

16.5    ތަޅުންގަނޑު އުނގުޅާ ބުރުސް ( ޑެގްބުރުސް)

16.6    މޫނު ދޮންނަތަށި، ސައިބޯނި، ސޭމްޕޫ، ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ބެހެއްޓޭނެ އިންތިޒާމާއެކު މޫނުބަލާ ލޯގަނޑެއް

16.7    މުސްލިމް ސަވަރު

16.8    ތުވާލި އަޅުވާ ހަރު

16.9    އެކަށީގެންވާ ޢަދަދަށް ލައިޓް

 1. 17.  ގޭގެ ބަދިގެއާއި ކާބައިގައި ތިރީގައި މިވާ ތަކެތި ހުންނަންވާނެއެވެ.

17.1    ދަތިނުވެ މަދުވެގެން 6 މީހަކަށް ، ކައިބޮއި އުޅެވޭގޮތަށް ޑައިނިންގ ސެޓެއް

17.2    ކަބަޑު ސެޓް ( ސިންކު ހަރުކުރެވިފައި)

17.3    އައިސްއަލަމާރި

17.4    މިކްސަރު

17.5    ދަތިނުވެ މަދުވެގެން 6 މީހަކަށް ކައިބޮއި އުޅުމަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނު ( މުށިތަށި، ތެލި، އޫ، ސަމްސާ، ވަޅި، ޖަގު، ހުނިގޮނޑި ފަދަ ތަކެތި )

17.6    ގޭސް އުނދުން ( ގޭސްފުޅިއާއެކު – ރަށުން ގޭސް އެޅެންހުންނަ ބްރޭންޑްގެ ހުސްފުޅި )

17.7    ޑަސްބިން

17.8    ފަންކާ އަދި އެކަށީގެންވާ ޢަދަދަށް ލައިޓް

 1. 18.  ދޮވެ އިސްތިރި ކުރުމުގައި ބޭނުންކުރާ ތިރީގައި މިދަންނަވާ ތަކެތި ގޭގައި ހަމަޔަށް ހުންނަންވާނެއެވެ.

18.1    ދޮންނަ މެޝިން ( ފުލް އޮޓޮމެޓިކް / ސެމީ އޮޓޮމެޓިކް)

18.2    ކަރަންޓް އިސްތިރިއެއް

18.3    އިސްތިރިކުރާ މޭޒް

 1. 19.  ގެއާއި ގޯތިތެރެ ސާފުކުރުމަށް ބޭނުންވާތަކެތި ހަމައަށް ހުންނަންވާނެއެވެ.

19.1    ގެއާއި ގޯތިތެރެ ސާފުކުރުމުގައި ބޭނުންކުރާ އިލޮށިފަތި، ކުނިކަހާ ފިހިގަނޑު، މޮޕް މޮޕްލުމަށް ބޭނުންކުރާ ބާލިދީ ފަދަ ތަކެތި ގޭގައި ހަމައަށް ހުރުން

އެސްޓިމޭޓް ހުށައެޅުން:

 • ހުށައަޅާ އެސްޓިމޭޓްގައި މަތީގައިވާ ޝަރުތުތައް ފުރިހަމަނުވާނަމަ އެސްޓިމޭޓް ބާތިލްކުރެވޭނެއެވެ.
 • އެސްޓިމޭޓް ހުށައެޅުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއެއް ހުށައަޅަންވާނެއެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ހާޟިރުވި ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.
 • އެސްޓިމޭޓްތައް ހުށައަޅާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމަކުންނެވެ. އެނޫން ގޮތްގޮތަށް ހުށައަޅާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ. އަދި އެސްޓިމޭޓް ހުށައަޅާ ފޯމާއެކު ތިރީގައިމިވާ ތަކެތި ހުށައަޅަންވާނެއެވެ.

 

 

އެސްޓިމޭޓާއެކު ހުށައަޅަންޖެހޭ ތަކެތި:

 • ބީލަން ހުށަހަޅާ ފޯމް
 • ކުންފުނި/ ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ ، ގޭރެޖިސްޓްރީގެ ކޮޕީ
 • ހުށަހަޅާ އެސްޓިމޭޓް (ކޯޓޭޝަން / ބީ.އޯ.ކިޔު)
 • ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
 • ހުށަހަޅާ އެސްޓިމޭޓް ( ކޯޓޭޝަން / ބީ.އޯ.ކިޔު)
 • ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
 • ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާނަމަ)
 • ބީލަމުގައި ސޮއިކުރުމުގެ ހުއްދަލިޔުން (ޕަވަރ އޮފް އެޓާނީ )
 • މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން ތިންމަސް ހަމަނުވާ)  

 

 

 1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 30 އިން 2019 ޖަނަވަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

 1. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 07 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 1. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖަނަވަރީ 08 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

 

 1. ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.

 

 

 

 

 

 

 

 

 

 

 

 

 1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިދާރީ ސެކްޝަން

ފ.މަގޫދޫ ސްކޫލް

ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.

ފޯން: 7952912

އީ-މެއިލް: [email protected]

27 ޑިސެންބަރު 2018
ހޯދާ