ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ގދ.ފިޔޮރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން ގދ.ފިޔޮރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ފިޔޮރީ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 ޑިސެމްބަރު 27 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
 
                    