ދިވެހިރާއްޖެ
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-23/PRIV/2018/15
އިޢުލާން
2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ
| 2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ. | 
| ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެމްބަރ 24 ވާ ހޯމަ ދުވަހުގެ 11:30 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ. 
 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. | 
05 ރަބީޢުލްއާޚިރު 1440
12 ޑިސެމްބަރ 2018
އަޙްމަދު ނާހިދު
ޕްރިންސިޕަލް
 
                    