ދިވެހިރާއްޖެ
ފާދިއްޕޮޅު ވޮލީލީގު 2018 ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL)231-AH/231/2018/68 (28 އޮކްޓޯބަރ 2018) އިޢުލާން ބާތިލުކުރުމަށްފަހު އަލުން އިޢުލާން ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ލަފާދެއްވާފައިވާތީ މަތީގައި ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށް "ފާދިއްޕޮޅު ވޮލީލީގު 2018" ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
"ފާދިއްޕޮޅު ވޮލީލީގު 2018" އަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އަތޮޅަށް ހުޅުވައިލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތެކެވެ. މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދެވޭނީ ޅ. އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޅ. އަތޮޅުގައި ޤާއިމްވެފައިވާ ރިސޯޓްތަކާއި އަދި ޅ. އަތޮޅުގައި ހުރި ސިނާއީ މަސައްކަތްކުރާ ރަށްރަށެވެ.
- 1. ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް:
a) ހުށަހަޅާ ފަރާތުގެޕްރޮފައިލް
b) ފާއިތުވި އަހަރުތަކުގެ ތެރޭގައި ވޮލީ މުބާރާތެއް ރާވާ ހިންގާފައިވާނަމަ އެކަމުގެ ތަފްޞީލް، އަދި ލިޔުންތައް
c) މުބާރާތް ބޭއްވުމަށް ކަނޑައަޅާ ތާރީޚް (މި ތާރީޚް ވާންވާނީ 2018 ވަނަ އަހަރުގެ ތާރީޚަކަށެވެ.)
d) މުބާރާތް ހިންގައި ދިނުމަށް ހުށަހަޅާ އަގު ( ބަޖެޓް ތަފްޞީލް އެޓޭޗްކުރަންވާނެއެވެ. )
e) މުބާރާތް ހިންގުމަށް އެންޖީއޯއިން ފޯރުކޮށްދޭނެ ވަޞީލަތްތައް
- އެއް ފަރާތަށްވުރެ ގިނަ ފަރާތުން މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފިނަމަ، މުބާރާތް ހިންގައިދިނުމަށް ޙަވާލުކުރެވޭނީ ތިރީގައިވާ އިވެލުއޭޝަން ސިސްޓަމްގައި އެންމެ މަތިން ޕޮއިންޓް ސްކޯރ ކުރައްވާ ފަރާތަކާއެވެ.
| ކްރައިޓީރިއާ | ޕޮއިންޓް ދިނުމަށް ކަނޑައަޅާ ގޮތް | % | 
| ޤާބިލްކަން | ތަޖްރިބާ (ކުރިން ވޮލީ މުބާރާތް ހިންގާފައިވާ މިންވަރު، ހިންގުނު ލެވެލް) | 15 | 
| މުބާރާތް ހިންގާ ފަރާތުން ފޯރުކޮށްދިނުމަށް ހުށަހަޅާ ވަޞީލަތް | 35 | |
| ހުށަހަޅާ އަގު | (Lowest Price / Proposed Price)x25% | 50 | 
ވީމާ، މިކައުންސިލްއާ ގުޅިގެން ފާދިއްޕޮޅު ވޮލީލީގު 2018 (ވޮލީބޯޅަ މުބާރާތް) ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ( މެއިލް ނުވަތަ ހާރޑްކޮޕީ ) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީއާއެކު، މުބާރާތް ހޮސްޓްކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯރސަލް އެޓޭޗްކުރެއްވުން އެދެމެވެ. ފާދިއްޕޮޅު ވެލީލީގު 2018ގެ ޤަވާއިދު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓުން www.lhaviyani.gov.mv ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
 
                    