މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީވެ ލައިސެންސް ހޯދުމަށް މުޙުލަތެއް ދިނުން

އިޢުލާން

 

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީވެ ލައިސެންސް ހޯދުމަށް މުޙުލަތެއް ދިނުން

         ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ޤާނޫނު ނަންބަރު 2015/13( ގެ 91 އަދި 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެލައިޑް ހެލްތު ޕްރޮފެޝަނަލަކު، މިކައުންސިލުގައި ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނެތި ރާއްޖޭގައި އެދާއިރާއިން މަސައްކަތް ކުރުމަކީ ކުށެކެވެ. މިކައުންސިލުގެ (144)23-OAA/1/2016/13 23-MAHC/23/2016/39, އިޢުލާންތަކުން މިކަން ހަންދާންކޮށް ދެވިފައިވީ ނަމަވެސް ބައެއް ފަރާތްތަކުން، ރަޖިސްޓަރީނުވެ އަދި ލައިސެންސްވެސް ނެތި މަސައްކަތްކުރާކަން މިކައުންސިލްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

         މިއީ ޤާނޫނީ ކުށެއްކަމާއި، ރަޖިސްޓްރީނުވެ، މަސައްކަތްކުރުމުގެ ކުށުގެ އަދަބަކީ ގިނަވެގެން -/50000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމާއި، އަދި ލައިސެންސް ނެތި މަސައްކަތްކުރުމުގެ ކުށުގެ އަދަބަކީވެސް ގިނަވެގެން -/50000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އެހެންކަމާއެކު، ރަޖިސްޓަރީނުވެ އަދި ލައިސަންސް ނެތި އެލައިޑް ހެލްތު ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ނުކުރުމަށް ދަންނަވަމެވެ.

         ބުނެވިދިޔަ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގިންތީގެ ޕްރޮފެޝަނަލުންގެ ތެރެއިން މިހާތަނަށް މިކައުންސިލުގައި ރަޖިސްޓްރީ އަދި ލައިސަންސް ނެތި މަސައްކަތްކުރާ ފަރާތްތައް 31 ޖެނުއަރީ 2019 ދުވަހުގެ ކުރިން ރަޖިސްޓްރީވެ ލައިސެންސް ހޯދުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ. އަދި 1 ފެބްރުއަރީ 2019 ދުވަހުން ފެށިގެން މިކައުންސިލުގައި ރަޖިސްޓްރީ ނުކޮށް އަދި ލައިސަންސް ނެތި އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކާ މެދު ޤާނޫނުގައި ވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.

 

  06 ރަބީއުލްއައްވަލް 1440

           

14 ނޮވެންބަރު 2018
ހޯދާ