މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

 

 

 

 

2019 ވަނަ އަހަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 17:00 އިން ފެށިގެން، ޖެހިގެން އަންނަދުވަހުގެ 7:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ސްކޫލްގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލްގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.   

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ.  އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެވާހަކަ މިފުރުސަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ. މަޢުލޫމާތު ސާފުކުރުން 13 ނޮވެމްބަރ 2018  ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން 19 ނޮވެމްބަރު 2018  ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލްގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ނޮވެންބަރު 2018
ހޯދާ