ދިވެހިރާއްޖެ
އިފްތިތާހީ ދަނާލުގައި މިދަންނަވާ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
- ދަނާލު އިމާރާތުގެ 2ވަނަ ފަންގިފިލާގެ ބްލޮކް1އަދި2 ބެރިމަތި އަދި ފަރުގައި އެޅިފައިވާ ރެނދުތައް ބެއްދުން.
 - ދަނާލު ބައެއް އެޕާޓްމަންޓް ތަކުގެ ސީލިން މަރާމާތު ކުރުން.
 
އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކޮށްދިނުން  | 
 އަންދާސީހިސާބު ބަލައިގަތުން  | 
| 
 08 ނޮވެމްބަރ 2018 (ބުރާސްފަތި) ދުވަހު 13:30  | 
 12 ނޮވެމްބަރ 2018 (ހޯމަ) ދުވަހު 13:30  | 
މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެކެވެ. ކަނޑައެޅިފައިވާ ފުރުޞަތުގައި މައުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.
31 އޮކްޓޯބަރ 2018 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
