އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފެންފުށީ ކައުންސިލުން ފޯރުކޮށްދޭ ކައްކާގޭސް އަދި ކާޑުގެ ބާވަތްތައް ގަނެގެންގެނަސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
                                މިކައުންސިލްގެ ފަރާތުން، ފެންފުށީ ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ކައްކާ ގޭސް އަދި ކާޑުގެ ބާވަތްތައް STO އިން ހޯލްސޭލްކޮށް ލިބެންހުންނަ އަގަށް މާލެ މަޖޫރީ އަދި ނާލު ހިމެނޭގޮތަށް (ކައްކާ ގޭސް ތިލަފުށިން އުފުލުމުގެ އަގު ހިމަނައިގެން) ގަނެގެން ފެންފުއްޓަށް ގެނަސްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރ 2018ވާ ބުރާސްފަތި ދުވަހު 13:30އަށް އަގުބަޔާންކޮށް ސިޓީ ހިއްޕަވައިގެން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
             14 އޮކްޓޫބަރު 2018
            
        
                    ހޯދާ  
                
                