ދިވެހިރާއްޖެ
އިޢުލާން
އެޗް.ޑީ.އެފް.ސީ މައި އޮފީހުގައި ހަރުތަކެއް ޖެހުން
އެޗް.ޑީ.އެފް.ސީ މައި އޮފީހުގައި އަމިއްލަ ތަކެތީގައި މިކުންފުނިން ދައްކާ ނަމޫނާޔާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަރުތަކެއް ޖަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އެޗް.ޑީ.އެފް.ސީ މައި އޮފީސް (ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަންމަގު) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
02 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހު 11:00 އަށް |
07 އޮކްޓޯބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް |
މަތީގައިވާ ތާރީހުގައި އެޗް.ޑީ.އެފް.ސީއަށް މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.
27 ސެޕްޓެމްބަރ 2018