ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ ލޭންޑް ނަންބަރ E02 ބްލޮކްގެ އިރުމަތީ ބައިން ގުދަން އިމާރާތް ކުރުމަށް އަދި E02 ބްލޮކްގެ ހުޅަނގުބައިން ސިމެންޓް ގައު އެޅުމުގެ މަސައްކަތަށް ޙާއްސަކޮށް ތިރީގައި މިދަންނަވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި އިޢުލާނާއެކު ސަރަޙައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.
| # | ބިމުގެ ނަންބަރ | ޙާއްސަ ކުރެވިފައިވާ މަސައްކަތް | ސަރަޙައްދު | ދޫކުރެވޭ އެންމެ ކުޑަ ކުލި | |||
| ހ. | 6 | 7 | 13 | 14 | ގުދަން އިމާރާތް ކުރުމަށް | E02 ބްލޮކްގެ އިރުމަތި | އަކަފޫޓަކަށް 01 ރުފިޔާ | 
| ށ. | 1 | 2 | 8 | 9 | ސިމެންޓް ގައު އެޅުމަށް | E02 ބްލޮކްގެ ހުޅަނގު | އަކަފޫޓަކަށް 01 ރުފިޔާ | 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށެހެޅެއްވުން އެދެމެވެ.
| 
 | ތާރީޚް | ދުވަސް | ވަގުތު | 
| މަޢުލޫމާތު ސާފްކުރުން | 27 ސެޕްޓެމްބަރ 2018 | ބުރާސްފަތި | 11:00 | 
| ޕްރޮޕޯސަލް ހުށެހެޅުން | 04 އޮކްޓޯބަރ 2018 | ބުރާސްފަތި | 11:00 | 
މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފްކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވައިޑައިގަންނަވާނެވެ.
 
                    