ދިވެހިރާއްޖެ
އިޢުލާން
| 
 މަގާމު:  | 
 މަސައްކަތު  | 
|
| 
 ބ ޭނުންވާ އަދަދު:  | 
 05 (ފަހެއް)  | 
|
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ (01 އަހަރު)  | 
|
| 
 މަޤާމުގެ ރޭންކް:  | 
 އެސް.އެސް 1  | 
|
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 މަސައްކަތު ގަޑި:  | 
 ކުޅިވަރުގެ ޚިދުމަތްތަކާބެހޭބައި ، އެކުވެނި. 8:00 ން :0014 އަށް،  | 
|
| 
 މުސާރަ:  | 
 މަހަކު.003100 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް: 
  | 
 މަހަކު 1000.00 ރުފިޔާ 
  | 
|
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:  | 
 1. ވިނަދަނޑުތަކަށް ކޮންމެ ދުވަހަކު 2 އިރަށް ފެންޖެހުން. ވިނަކޮށުން، ވިނަ އިންދުމާއި ގަސްކާނާއެޅުން. 2. ކުޅިވަރު ކުޅޭ ތަންތަން ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން. 3. އެކި ތަންތަނަށް ޖަމާކުރެވޭ ކުނިތައް އުކާލުން. 4. އިމާރާތްތައް ފޮޅާ ސާފުކުރުމާއި ފާޚާނާތައް ސާފުކުރުން. 5. އެއްތަނުން އަނެއްތަނަށް ސާމާނު އުފުލުން. 6. ކުޅިވަރު މުބާރާތްތަކަށް ތަން ތައްޔާރުކުރުން. ޓެންޓްޖެހުމާއި ޓެންޓްނެގުން. ގޮނިޑި މޭޒުޖެހުމާއި މުބާރާތް ކުރިއަށްދާވަގުތު ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. 7. ކާނުތައް ސާފުކުރުން. 8. ކުލަލުމުގެ މަސައްކަތްކުރުން. 9. އިމަޖެންސީކޮށް ކުރަންޖެހޭ ކަންކަން ކޮންމެ ވަގުތެއްގައިވެސް ކުރަންޖެހުން. 10. މިނިސްޓްރީން އިންތިޒާމްކުރައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 11. ސްވިމިންގ ޕްލެޓްފޯމްގެ ފިލާތައް ފެހިކެހުމާއި މޫދުތެރެ ސާފުކުރުން. 
  | 
 
  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 1- ލިޔަންކިޔަން އެގުން. 
 ނޯޓް 2. ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. 
  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 
  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.  | 
|
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް([email protected]) އަދި ފެކްސް މެދުވެރިކޮށްވެސް ) 3327162 ) ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  | 
|
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ސެޕްޓެމްބަރ 2018 އާއި 09 އޮކްޓޯބަރ 2018 އާ ދެމެދު، ގައެވެ. 
  | 
|
| 
 ޝޯޓް ލިސްޓްކުރުން: 
 
 
 
 
 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 
 
 
  | 
|
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ.  | 
|
16 ޛުލްޚިއްޖާ 1439
