ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު 30 އޮގަސްޓް 2018 ވަނަ ދުވަހުގެ ރޭ 8:30 ގައި މާފަންނު ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) ކޮންފަރެންސް ރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިއަދުން ފެށިގެން 27 އޮގަސްޓް 2018 ވަނަ ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ ތިރީގައި މިދަންނަވާ 9 މަޤާމަށް ކުރިމަތިލުމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ފުރިހަމަ މެންބަރުންނަށް ހުޅުވާލަމެވެ.
- ރައީސް
 - ނާއިބު ރައީސް
 - ނާއިބު ރައީސް
 - ޚަޒާންދާރު
 - އެތިކްސް ކޮމިޝަންގެ ރައީސް
 - ޑިވެލޮފްމަންޓް ކޮމިޝަންގެ ރައީސް
 - އިވެންޓް ކޮމިޝަންގެ ރައީސް
 - ޗެސް އިން ސްކޫލްގެ ރައީސް
 - މާކެޓިންގ ކޮމިޝަންގެ ރައީސް
 
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލާން އެދޭ ފަރާތަކަށް "މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި "މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލާ މީހާގެ ދަރަންޏެއް
އޮތްތޯ ބެލުމާއި، ކުށުގެ ރެކޯޑު ސާފުކުރާ ފޯމް" މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
01 ޛުލްޙިއްޖާ 1439
