އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަގު ހުރަހައް ދިދަފަތި އަދި ބެނާ ފަދަ ތަކެތި ދެމުމާބެހޭ
                                އިޢްލާން
މަގު ހުރަހައް ދިދަފަތި އަދި ބެނާ ފަދަ ތަކެތި ދެމުމާބެހޭ
އެކި އެކި މުނާސަބަތުތަކާގުޅިގެން މިރަށުގެ މަގު ހުރަހަށް ދިދަފަތި އަދި ބެނާ ފަދަ ތަކެތި ދަމަންވާނީ މިކައުންސިލްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
ކައުންސިލްގެ ހުއްދަ ނުހޯދާ މަގުތަށް ހުރަސްކޮށް ދަމާފައިހުންނަ ދިދަފަތި އަދި ބެނާފަދަތަކެތި މިކައުންސިލުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރާނެވާހަކަ ދަންނަވަމެވެ.
މަގު ހުރަހަށް ދިދަފަތި އަދި ބެނާފަދަ ތަކެތި ދެމުމަށް ހުއްދަދެވޭނެ އުޞޫލް ތިރީގައި އެވަނީއެވެ.
މަގު ހުރަހަށް ދިދަފަތި އަދި ބެނާފަދަ ތަކެތި ދެމުމަށް ހުއްދަ ދެވޭނެ އުޞޫލް
- މަގު ހުރަހަށް ދިދަފަތި އަދި ބެނާ ފަދަ ތަކެތި ދެމުމަށް ހުއްދަ ދެވޭނީ ކައުންސިލްގެ އިދާރާ އަށް އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމުންނެވެ.
 - މަގުތަކުގައި ދިދަ ފަތި އަދި ބެނާފަދަ ތަކެތި ދެމުމަށް ހުއްދަ ދެވޭނީ ދަމާ ދިދަފަތި އަދި ބެނާތަށް ނެގުމަށް މިރަށުގެ ރައްވެއްސަކު ޒިންމާވާގޮތަށް ޒިންމާ ވާފަރާތުގެ މައުލޫމާތު އަދި އެފަރާތުން ޒިންމާވާކަމުގެ ލިޔުން މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުމުންނެވެ.
 - ދިދަފަތި އަދި ބެނާ ފަދަ ތަކެތި މަގު ހުރަހަށް ދެމުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ ދަމަން ހުށަހަޅާ ތަކެތީގެ އަދަދާއި އަދި އެތަކެތި ދެމުމަށް ހުށަހަޅާ ސަރަހައްދުތައް ބަޔާންކޮށެވެ.
 - މަގު ހުރަސްކޮށް ދިތަފަތި އަދި ބެނާފަދަ ތަކެތި ދެމުމަށް ހުއްދަ ދެވޭނީ އެމުނާސަބަތެއް އޮންނަ ދުވަހުގެ 2 (ދޭއް) ދުވަސް ކުރިން ފެށިގެން އެމުނާސަބަތެއް ނިމި 2 (ދޭއް) ދުވަހުގެ ނިޔަލަށެވެ.
 - ދިދަފަތި އަދި ބެނާ ފަދަ ތަކެތި މަގުހުރަހައް ދަމަންވާނީ އެފަދަ ތަކެތީގެ ތިރީކައިރި އާއި ހަމަ ބިމާއި ދެމެދު 9 (ނުވައެއް) ފޫޓަށްވުރެ ތިރިނުވާގޮތަށެވެ.
 - ދިދަފަތި އަދި ބެނާފަދަ ތަކެތި މަގު ހުރަހަށް ދެމުމަށް މަގުމަށްޗަށް ހޮޅި، ދަނޑި ފަދަ ތަކެތި ޖަހަންވާނީ މަގުގެ އަރިމަތިން ފެށިގެން 12 (ބާރަ) އިންޗިއަށްވުރެ ބޭރަށް ނުނުކުންނަ ގޮތަށެވެ.
 - މަގުގެ އަރިމައްޗަށް ހޮޅި، ދަނޑި ފަދަ ތަކެތި ޖެހުމުގެ ތެރޭގައި މަގުމަތިގައި ވަލުލާފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ދިދަ ފަތި އަދި ބެނާ ފަދަ ތެކިތި ދެމުމަށް ހުއްދަ ދެވުނު ފަރާތުން ޒިންމާވެ އެތަކެތީގެ ބަދަލު ދޭންޖެހޭނެއެވެ.
 
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
27 ޛުލްޤައިދާ 1439
09 އޯގަސްޓް 2018
             09 އޮގަސްޓް 2018
            
        
                    ހޯދާ  
                
                