ދިވެހިރާއްޖެ
"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލެ 2 ގައި 1000 އަކަފޫޓުގެ ފުލެޓު އަދި ކ.ފުށިދިއްގަރު ހިއްކައިގެން ތަރައްޤީ ކުރާ ބިމުން 1000 އަކަފޫޓުގެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު 07 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ. މިމަޝްރޫޢުގެ ދަށުން ފުލެޓަށް/ބިމަށް ކުރިމަތިލުމަށް އެދޭ ފޯމު، މިމިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން މޯލްޑްވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހާއި ވެލާނާގޭ ޕޯސްޓް ޝޮޕުން ލިބޭން ހުންނާނެ ކަމުގައި ދެންނެވީމެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
