ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 04 ކޮންކްރީޓް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
|
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
|
01 |
ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް |
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
|
01 |
ކޮންކްރީޓް މެޝިން (02 ބޭގް މިކްސިންގް |
ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
|
02 |
ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮގަސްޓް 05 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޮގަސްޓް 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.
އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމެޓާއި އެއްގޮތަށް ބިޑް ސެކިއުރިޓީ ފޯމެއް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
