ދިވެހިރާއްޖެ
އިޢުލާން
01 ކޮންކްރީޓް މެޝިން ގަތުމަށް
ޕަބްލިކް ވަރކްސް ސަރވިސަސްއިން ކުރިޔަށް ގެންދާ އެކި ޕްރޮޖެކްޓްތަކުގެ ބޭނުމަށް 01 ކޮންކްރީޓް މެޝިން ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/70 (18 ޖޫން 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 24 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.
