ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

IUL)IM-AD/1/2018/14)

މަޤާމް:                     އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރ:               J-283170

ބޭނުންވާ ޢަދަދު:                1

މަޤާމުގެ ގިންތި:                ދާއިމީ

މަޤާމްގެ ރޭންކް                އެމް.އެސް3

މަޤާމްގެ ކްލެސިފިކޭޝަން:          އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން:                  އިދާރީ އަދި އެކަޑަމިކް

މަޤާމް އޮތް އޮފީސް:             ޢިމާދުއްދީން ސްކޫލް / ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:         ޢިމާދުއްދީން ސްކޫލް / ކ. މާލެ

މުސާރަ:                    7035.00 ރުފިޔާ

ސަރވިސް އެލަވަންސް:            2000.00 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:          1969.80 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

 

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 4. ހަމަޖެހިފައިވާ އުސޫލުން ފޯނު އެލަވަންސް.

 

 މަޤާމްގެ ދާއިރާ:     އެޑްމިނިސްޓްރޭޝަން

 

މަޤާމްގެ ޝަރުތު:

1-ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ،

3- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތައް ރާވައި ހިންގުމަށް މަގުފަހިކޮށްދިނުން.

2- ކޮންމެ އަހަރެއް ނިމުމުގެ ކުރިން ކުރިއަށްއޮތް 3 އަހަރުދުވަހަށް ލަފާކުރާ ބަޖެޓް ހެދުމަށްފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުވަން އަންގާފައިވާ ތާރީޚަށް ފޮނުވަމުންގެންދޭތޯ ބަލައި ޗެކްކުރުން.

3- ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކޭޝްފުލޯ ހަދާފައި ފޮނުވަމުންދޭތޯ ޗެކްކުރުން.

4- ކޮންމެ އަހަރެއްގެ ބިލުތައް އެ އަހަރެއްގެ ބަޖެޓުން އަދާކޮށް ނިންމުމާއި، މައްސަލައެއް ދިމާވެއްޖެނަމަ ޕްރިންސިޕަލާ މަޝްވަރާކުރުމަށްފަހު ނިންމުން.

5- ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން، ކޯޑްތަކުގެ ފައިސާހުރިތޯ ބަލައި ޗެކްކޮށް، ފައިސާ މަދުވާ ކޯޑްތަކަށް ފައިސާ ހޯދުން.

6- ދަރިވަރުންނަށް ދެވޭ ޒަމާނީ ތަޢުލީމާ ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯދައި، ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދޭތޯ ޗެކްކުރުން.

7- ކޮންމެ މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން މުސާރައިގެ ކަންތައް ކުރިއަށްދޭތޯ ބަލައި، 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަމުން ގެންދޭތޯ ޗެކްކުރުން.

8- ބަޖެޓާ ގުޅުންހުރި އެކައުންޓްތައްކަމުގައިވާ އާމްދަނީ، ވަގުތީ އަދި ތިޖޫރީ ރިޕޯޓުތައް ޤަވައިދުން ފޮނުވަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

9- ސްޓޮކުން ވެއްދޭ ތަކެއްޗާއި، ދޫކުރެވޭ ތަކެތި ސްޓޮކްބާކީ ފޮތުގައި ޤަވައިދުންލިޔެ ސޮއިކުރެވިފައިވޭތޯ ބަލައި ޗެކްކުރުން.

10- އިންވެންޓްރީ ޤަވައިދުން ޗެކްކުރުން.

11- ސްކޫލުގައި ކުރަންޖެހޭ މެއިންޓަނެންސް މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރެމާއި، އެ މަސައްކަތްތައް ފުރިހަމަކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

12- ކޮންމެ އަހަރަކުވެސް ސްކޫލަށް ލިބޭ ބަޖެޓުން އަހަރުދުވަހަށް ވާނޭހެން ޚަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުން.

13- އިދާރީ ކަންތައްތައް އިސްވެރިއެއްގެ ހައިސިއްޔަތުން ބެލުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ޢިމާދުއްދީން ސްކޫލު ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، ޢިމާދުއްދީން ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3315766 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 އޯގަސްޓް 2018 އާއި 09 އޯގަސްޓް 2018 އާ ދެމެދު، ޢިމާދުއްދީން ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

 

ޖުމްލަ އިންސައްތަ

30

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315759 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3315766 އެވެ. އީމެއިލް އަކީ [email protected]  އެވެ.  

 

10 ޛުލްޤައިދާ 1439

 

 

23 ޖުލައި 2018
ހޯދާ