ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން.
                                އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިނަދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 2018 ޖުލައި 30 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުރީގެ ހުކުރުމިސްކިތު ކަންމަތީ (ރަންނަބަނޑޭރި މަގާއި ޣާޒީމަގު ގުޅޭ ކަންމަތީ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަގައި 2019 ވަނަ އަހަރަށް ކަނޑައެޅިފައިވާ މަސައްކަތު ތާވަލުގައި ތިނަދޫ ކައުންސިލުން ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ ޚިޔާލު ހޯދުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އެރުވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
             19 ޖުލައި 2018
            
        
                    ހޯދާ  
                
                 
                    