| 
 މަޤާމް: 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 J-295628 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 1 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 ޖީ. އެސް 4 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އޮފިސަރ ގްރޭޑް 2 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކީރިތި ޤުރްއާނާބެހޭ މަރުކަޒު 
 | 
| 
 މުސާރަ: 
 | 
 -/5020 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
 | 
 -/1500 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ސަޕޯޓިންގ ކޯ އެލަވަންސް 2: -/700ރ ( ހަތްސަތޭކަ ރުފިޔާ )
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކީރިތި ޤުރްއާނާބެހޭ މަރުކަޒްގައި ހިންގާ، ޤާރީ ކޯސް  ލެވެލް 1 ، 2 ، 3، އަދި 4 ގެ  އެންމެހާ އިދާރީ މަސައްކަތް ކުރުން.                                                               
 
- ކުލާސްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމާއި، ކުލާސްތަކުގެ ރަޖިސްޓަރީއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ދަރިވަރުންނާއި މުދައްރިސުންގެ ޙާޒިރީ ބެލެހެއްޓުމާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަކާއިގުޅޭ ދެންނެވުންތައް ތައްޔާރުކޮށް އެންގުން.
 
- ކުލާސްތަކުގެ އިމްތިޙާނު ބޭއްވުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުން.
 
- ކުލާސްތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
 
- އަތޮޅުތެރޭގައި ހިންގާ މަރުކަޒުގެ ގޮފިތަކާއި ކުލާސްތަކުގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވުން 
 
- މަރުކަޒާ އެކު އެފިލިއޭޓް ވެގެން ހިންގާ ކުލާސްތަކުގެ ކަންތައް ބެލެހެއްޓުމުގައި އެހީތެރިވުން
 
- ސްކޫލްކުދިންގެ ޚަތިމްކުރުމުގެ މަޝްރޫޢު ބެލެހެއްޓުން
 
- އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްކުރުން
 
- އޮފީސް ހުޅުވާ ލެއްޕުން
 
- އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ދިނުން
 
- މުދައްރިސުންނަށާއި ކްލާސްތަކަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތި ފޮރުކޮށްދިނުން
 
- މީގެ އިތުރުންވެސް މުވައްޒަފުކުރާ މަސައްކަތް ސްޕަވައިޒްކުރާ އަދި އޮފީހުގެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އޮފީހުގެ މަސައްކަތްތާއިގުޅޭ އިތުރު ކަންތައްތައް ފަރުވާތެރިކަމާއެކު ކުރުން.
 
- މަރްކަޒުގެ އެކި ހަފްލާތަކާއި މުބާރާތްތަކުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް 'ސެޓްފިކްޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
 
ނުވަތަ 
- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތަޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތަޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
ނުވަތަ 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންއާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  
 | 
| 
 ސަޕޯޓް އޮފިސަރ ( ޖީ. އެސް 1 އިން ޖީ. އެސް 4 އަށް ) 
 | 
 
| 
 ދާއިރާ 
 | 
 ބެލޭނެ ބައިތައް 
 | 
 މާކްސް 
 | 
 އިންސައްތަ (%) 
 | 
 ކެޓަގަރީގެ ޖުމްލަ އިންސައްތަ 
 | 
 
| 
 ތަޢުލީމާއި ތަމްރީން 
 | 
 ލިބިފައިވާ ތަޢުލީމު 
 | 
 35 
 | 
 35 
 | 
 40 
 | 
 
| 
 މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ތަމްރީން 
 | 
 30 
 | 
 5 
 | 
 
| 
 އިމްތިޙާން 
 | 
 " ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" 
 | 
 12 
 | 
 5 
 | 
 5 
 | 
 
| 
 މަސައްކަތު ތަޖުރިބާ 
 | 
 މަޤާމުގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ތަޖުރިބާ 
 | 
 33 
 | 
 10 
 | 
 10 
 | 
 
| 
 ލިބިފައިވާ ހުނަރު 
 | 
 އިންޓަވިއު / ޕްރެކްޓިކަލްސް 
 | 
 100 
 | 
 45 
 | 
 45 
 | 
 
| 
 ޖުމްލަ 
 | 
 210 
 | 
 100 
 | 
 100 
 | 
 
| 
 މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ. 
 | 
 
 
 
  
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖުލައި 2018 ވާ ހޯމަ ދުވަހާއި 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދެމެދު، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019300، 3019304 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
 |