| 
 މަޤާމް: 
 | 
 މަސައްކަތު 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 10 (ދިހައެއް) 
 | 
| 
 މަޤާމްގެ ބާވަތް: 
 | 
 ވަގުތީ (ކޮންޓްރެކްޓް 1 އަހަރު ދުވަހުގެ މުއްދަތަށް) 
 | 
| 
 މަސައްކަތް ކުރަންޖެހޭ އޮފީސް: 
 | 
 ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ގަޑި 
 | 
 ހުކުރު ހޮނިހިރު ފިޔަވައި ދުވާލަކު 3 ގަޑީއިރު 
 | 
| 
 މުސާރަ: 
 | 
 މަހަކު 2500.00 ރުފިޔާ (މީގެ އިތުރުން ކައުންސިލުން ހަމަޖައްސާ އުޞޫލަކުން ޢިނާޔަތު ފައިސާ ދެވޭނެއެވެ.) 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
 1.    ރަށުގެ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ވިނަ ނޮޅާ ސާފުކުރުމާއި އަދި މީގެ އިތުރުން ހއ.ތުރާކުނު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ހއ.ތުރާކުނު އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން. 
2.    ކުނިކަހާ ސާފްކުރުމަށްފަހު ކުނިއެންދުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ކުނިކޮއްޓަށް) ކުނިތައް، ގެންގޮސް ރައްކާތެރިކަމާއެކު ކުނިތައް ނައްތާލުން. 
3.    ރަށުތެރެއަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ، ނުވަތަ އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމަށް ހުރަސްއެޅޭފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ކައުންސިލަށް އެންގުމާއެކު ހައްލުކުރުމަށް މަސައްކަތް ކުރުން. 
4.    ދަޅު، ފުޅި އެޅުމަށް ޙާއްސަކޮށް، ކައުންސިލުން ރަށުތެރޭގައި ބަހައްޓާފައިވާ ޑަސްބިންތައް ކުނިކޮށްޓަށް ގެންގޮސް ހުސްކުރުމަށްފަހު އެޑަސްބިތައް ހުރި ތަނަކަށް ގެނެސް ބެހެއްޓުން. 
5.    ކައުންސިލުން އަންގާ ރަށުގެ މަގުތަކުގެ ދެފަރާތުން މަގަށްވާގޮތަށް ހުންނަ ރުއްގަހުގެ ގޮފިތަކާއި ފަން ކަނޑާ މަގު ސާފްކޮށް ބެލެހެއްޓުން.  
6.    ޙާއްޞަ ދުވަސްދުވަހު ރަށުތެރެ ސާފުކުރުމަށް ކައުންސިލުން އެދިއްޖެހިނދެއްގައި، ކައުންސިލުން އަންގާ ސަރަޙައްދުތަކެއް ކުނިކަހާ ސާފުކުރުން.  
7.    ވަޒީފާގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. 
 | 
| 
 މަޤާމުގެ ފެންވަރު / ޝަރުޠުތައް: 
  
  
  
  
 | 
 1.    އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން.  
(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގެންނެވެ.) 
2.    ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއް ހުރި މީހެއްކަމުގައިވުން. 
3.    މަސައްކަތުގައި ހީވަގިކަމާއެކު ޚަރަކާތްތެރިވެ އުޅޭނެ މީހެއްކަމުގައިވުން. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  
  
 | 
 1.      ތައުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން) %26 
2.      މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ %26 
3.      ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު) %48 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 1.    ފުރިހަމަ ކުރައްވާފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު  
2.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭ ފަދަ ކޮޕީއެއް. 
3.    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައިރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައިޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭމަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
(ނ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
4.    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 
(ހ) ވަޒީފާއެއް އަދާކޮށްފައިވާނަމަ،އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލައިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދިމަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން. 
 | 
| 
 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 
 | 
 ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] ، 
 [email protected]ފެކްސް ނަމްބަރަކީ 6500035 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން އޮންނާނީ 25 ޖުލައި 2018 އާއި 31 ޖުލައި 2018 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޙްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
 މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 
 | 
 މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500035 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6500035 އެވެ. އީ-މެއިލް ކުރާނީ 
[email protected] 
 [email protected] 
 |