ދިވެހިރާއްޖެ
|
އެންޓިކޮރަޕްޝަން ކޮމިޝަން މާލެ ދިވެހިރާއްޖެ |
|
||
|
ކޮންސަލްޓެންސީ ހޯދުމަށް |
ތާރީޚް: |
20 ޝައްވާލު 1439 04 ޖުލައި 2018 |
|
|
ނަމްބަރ: |
|||
|
މިކޮމިޝަނަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ކުރި ނަމްބަރ: މި ކޮމިޝަނުގައި ގާއިމުކޮށްފައިވާ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކޮށް، އިތުރުކުރަންޖެހޭ މޮޑިއުލްތައް އިތުރުކުރުމާށާއި، މިހާރު އެ ސިސްޓަމުގައި ހުރި މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ސޮޕްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާއިރު ޓީއޯއާރުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އަދި ޓީއޯއާރުގައި ބަޔާންކޮށްފައިވާ ލިއުން ހުށަހަޅުއްވާނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީ މެއިލް އެޑްރެސްއަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި، ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާނެ ޝަރުތުތައް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި ކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. ހުށަހަޅާ އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:45 ގައި މިކޮމިޝަނުގެ ކޮންފަރެންސް ރޫމްގައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު 3015214 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 04 ޖުލައި 2018
|
|||
