ދިވެހިރާއްޖެ
މި މިނިސްޓްރީގެ "ހިޔާ" މަޝްރޫޢުގެދަށުން ފްލެޓް ފޯމު ބަލައިގަތުމަށް އިންތިޒާމުކުރާ ސަރަޙައްދުގައި މީހުން މަޑުކޮށްގެން ތިބުމަށް ބޭނުންވާ 500 ޕްލާސްޓިކް ގޮނޑި 05 ދުވަހުގެ މުއްދަތުގެ ތެރޭގައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 11 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ޖުލައި 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
