ދިވެހިރާއްޖެ
ވިލިމާލޭގައި "މިކްސްޑް ޔޫސް މާކެޓް ހޯލް"އެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/149 (07 މެއި 2018) އިޢުލާނާއި ގުޅިގެން މިނިސްޓްރީއިން ދެވިފައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އިން ފެށިގެން 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
