ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ކުރިނބި އާއި ކ.ގުޅީގައި، މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)447-PR/1/2018/53) އިޢުލާންގއާއި ގުޅިގެން ދެވުނު މަޢުލޫމާތު ބަދަލުވެފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 10:00 ފެށިގެން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.
14 ޝައްވާލް 1439
