ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްއަށް ތިރީގައި މިދައްނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
| މަޤާމް: | ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް | ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ސެކްޝަން: | ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) | ||
| މަސައްކަތް ކުރަންޖެހޭ ތަން: | މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް) | ||
| ވަޒީފާގެ މުއްދަތު: | 1 އަހަރު | ||
| މުސާރަ: | މުސާރަ: 15000-18000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) | ||
| ޝަރުތު: | 1- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޚާސިލްކޮށްފައިވުން 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 3- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރުމާއި އެކު ރިޕޯޓް ތައްޔާރުކުރުމުގެ ގާބިލް ކަން ހުރި ފަރާތެއްކަމުގައި ވުން 4- މެރިކަލްޗަރ، އަކުއަކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ. | ||
| ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: | މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްއުރަކުރަމެވެ. | ||
| ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި | 1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ | ||
މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.
 
                    