ދިވެހިރާއްޖެ
އިޢުލާން
| 
 މަޤާމް:  | 
 ފަޔަރ އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-281922  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް.އެސް 3  | 
| 
 މަގާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ  | 
| 
 މުސާރަ:  | 
 މަހަކު -/7,035 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 މަހަކު -/2,000 ރުފިޔާ  | 
| 
 ސަޕޯޓިންގ ކޯ އެލަވަންސް 2:  | 
 މަހަކު -/900 ރުފިޔާ  | 
| 
 ރިސްކް އެލަވަންސް:  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ  | 
| 
 ކޮއްތު ފައިސާ:  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:  | 
 ހަނިމާދޫ އެއަރޕޯޓްގެ، އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ފޯރުކޮށް ދިނުން. 
  | 
| 
 
  | 
 
  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 1. ސަބް އޮފިސަރ ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕްރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މި ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން. ނުވަތަ 2. ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހަށްވުރެ މަތީފެންވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން، ނުވަތަ އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މިކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން. އަދި އެޕްރައިސަލް އިން %80 އިން މަތީން މާކްސް ލިބިފައިވުން. 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.  | 
| 
 
  | 
 
  | 
| 
 ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
  | 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހަނިމާދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 
  | 
 
  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 ޖޫން 2018 އާއި 25 ޖުލައި 2018 އާއި ދެމެދު، ހަނިމާދޫ އެއަރޕޯޓް އޮފީސް . ހދ.ހަނިމާދޫ ގައެވެ.  | 
| 
 
  | 
 
  | 
| 
 ޝޯޓް ލިސްޓްކުރުން 
  | 
 މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 
  | 
 
  | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
  | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6520023 އެވެ.އީމެއިލް ކުރާނީ ([email protected]) އަށެވެ.  | 
05 ޝައްވާލް 1439
19 ޖޫން 2018
