މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
18 ޖޫން 2018 އިން 21 ޖޫން 2018 އަށް "ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމުބަލައިގަތުމާއި ދޫކުރުމުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅޭ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމު ބަލައިގަތުމާއި ދޫކުރުމުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅިގެން ތިރީގައި ދެންނެވިފައިއެވާ ގަޑި ތަކުގައި ދަރުބާރުގެއިން ފޯމު ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ޖޫން 2018 އިން 21 ޖޫން 2018 އަށް:
- ހޯމަ – ބުރާސްފަތި 10:30 – 16:00 އަށް
ރޭގަނޑު 20:00– 23:00 އަށް
އަދި މީގެ އިތުރުން 23 ޖޫން 2018 ވާ ހޮނިހިރު ދުވަހުން ފެށިގެން ގަޑިތައް އިތުރު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
18 ޖޫން 2018
ހޯދާ
