ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/077
އިޢުލާން
އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމުން ގޭގެޔަށް ގުޅަންޖެހޭ ގްރެވިޓީ ހޮޅިތައް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ސ. ހިތަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކިޔުމް ނަރުދަމާ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި މަގުތަކުގައި ވަޅުލެވިފައިވާ އިންޓަރފޭސް ޔުނިޓްތަކަށް ގުޅަންޖެހޭ ގްރެވިޓީ ހޮޅިތައް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 18 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 21 ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ރަމަޟާން 1439
