ދިވެހިރާއްޖެ
އިޢުލާނު
ނިލަންދޫގައި ކުނިނައްތާލުމަށް ކުރިން ބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު:. (IUL)374-C/374/2018/57 : (20 މެއި 2018 ) ގެ އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިތަކެތި ވިއްކަވާ ފަރާތުން ރަށާއި ހަމައަށް ތަކެތި ގެނެސްދީ މިއިދާރާއިން ދައްކާތަނަކަށް ގުދަންކޮށްދޭން ވާނެއެވެ.
| 
 1  | 
 2000  | 
 ބަސްތާ ސިމެންތި 50 ކިލޯގެ BS12  | 
| 
 2  | 
 6000  | 
 ބަސްތާ ހިލަ 50 ކިލޯގެ  | 
| 
 3  | 
 4000  | 
 ބަސްތާ ހިލަވެލި (ރާޅު) 50 ކިލޯގެ  | 
| 
 4  | 
 495  | 
 ކޮންކުރީޓް ދަގަޑު 10 އެމް.އެމް.ގެ  | 
ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކުގައި މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ. ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށެވެ.
| 
 #  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މައުލޫމާތު ސާފުކޮށްދިނުން  | 
 2018 ޖޫން 14  | 
 ބުރާސްފަތި  | 
 11:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 2018 ޖޫން 18  | 
 ހޯމަ  | 
 11:00  | 
އަގު ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޫކުރާ އަގުހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކުނިކޮށީގެ މޫދުގެ ތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވިއްކެވުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު ހުށަހަޅަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
23 ރަމަޟާން 1439
07 ޖޫން 2018
