މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންގެންދަވާ ލޯކަލް މާރުކޭޓުގެ އުތުރު ފަރާތުގެ ކޮޅުބިތުގައި ހަލާކުވެފައިވާ ޓިނުތައް ނައްޓާ ލަކުޑި ފަތިއަޅައިގެން އައު ޓިނުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންގެންދަވާ ލޯކަލް މާރުކޭޓުގެ އުތުރު ފަރާތުގެ ކޮޅުބިތުގައި ހަލާކުވެފައިވާ ޓިނުތައް ނައްޓާ ލަކުޑި ފަތިއަޅައިގެން އައު ޓިނުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 07 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖޫން 07 ވާ ބުރާސްފަތި ދުވަހުގެ 12:00 އިން ފެށިގެން 2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 ޖޫން 2018
ހޯދާ