މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ. ކަނޑުހުޅުދޫގައި ހަދަން ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)447-PR/1/2018/42) އިޢުނާންގެ މަޢުލޫމާތު ބަދަލުވެފައިވާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ. ކަނޑުހުޅުދޫގައި ހަދަން ފަށާފައިވާ ފުޓްސަލް ދަނޑުގެ ތިރީގައިމިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

- ކާނުވަޅުލައި ކާނު މަތި އެޅުން

- ގާ އެތުރުން

- ބިންގަނޑު އެއްވަރުކޮށް ހަރު ކުރުން

- ޓަރފް އެޅުން

- ފެންސް ޖެހުން

- ކަރަންޓް ވައިރު ކުރުން

- ކުލަލުން

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 13:00އަށް މި ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް  2018 ޖޫން 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ފެށިގެން 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 12:30ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 20 ރަމަޟާން  1439 

 

04 ޖޫން 2018
ހޯދާ