މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން އެކި ރަށްރަށުގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުތައް ކަރަންޓް ވަޔަރ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL447-PR/1/2018/59) އިޢުނާންގެ މަޢުލޫމާތު ބަދަލުވެފައިވާތީ އަލުން އިޢުލާން ކުރަމެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްއިން އެކި ރަށްރަށުގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުތައް ކަރަންޓް ވަޔަރ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

- 20 އީ.އެލް.ސީ.ބީ 4 ޕޯލް 63 އެމްޕިއަރ 3 ކޯރ

- 20 އެމް.ސީ.ބީ 4 ޕޯލް 63 އެމްޕިއަރ 3 ކޯރ

- 260 ސަރކިޓް 10 އެމްޕިއަރ

- 20 ޑިސްޓިބިއުޝަން ފޮށި

- 20 އަރތް ރޮޑް

- 240 ލެޑް ލައިޓް  400W  

- 10،000 މީޓަރ 3 ކޯރ ކޭބަލް

- 100 ޕީވީސީ ހޮޅި 35 އެމް އެމް

- 280 ޕިން – ބަސްބަރ ފަތި

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 10 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް  2018 ޖޫން 04 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ފެށިގެން 2018 ޖޫން 10 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 19 ރަމަޟާން  1439 

 03  ޖޫން    2018 

03 ޖޫން 2018
ހޯދާ