ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތު ރިސެޕްޝަން އޭރިޔާއަށް އެޕްސަން ޕްރިންޓަރ އަކާއި ޓަޗް ކިއޮސް މެޝިނެއް ހޯދުމަށް ބޭނުންވެގެން 03 މެއި 2018 ގައި ކުރި ނަންބަރު: (IUL)23-AP/23/2018/98 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅަން އެއްވެސް ފަރާތެއް ވަޑައިގެންފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
14 ރަމަޟާން 1439
