ދިވެހިރާއްޖެ
އިޢުލާނު
ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ދަގަނޑާއި ޕްލާސްޓިކާއި އެލްމެނިއަމްގެ ބާވަތްތައް ތިލަފުއްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އެތަކެތި ތިލަފުއްޓަށް ގެންގޮސް ދިނުމަށް ބޭނުންފުޅުވާފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަންވީ ތާރީޚާއި ގަޑިއާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި ދަންނަވާފައި އެވަނީއެވެ.
| 
 މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން  | 
 ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި  | 
| 
 މަޢުލޫމާތު ސާފުކޮށްދިނުން  | 
 31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  | 
| 
 އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން  | 
 04 ޖޫން 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ އެއްގަޑީއިރުކުރިން އެކަން ބަޔާންކޮށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 ރަމަޟާން 1439
27 މެއި 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް
