| މަޤާމް: | އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ | 
| މަޤާމުގެ ނަންބަރު: | J-295779 | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | އެމް. އެސް2 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް2 | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ | 
| މުސާރަ: | 6,295.00 ރުފިޔާ  | 
| ސަރވިސް އެލެވަންސް: | 2000.00 ރުފިޔާ | 
| ސަޕޯޓިން ކޯ އެލަވަންސް 2: | 700.00 ރުފިޔާ | 
| އެހެނިހެން އެލަވަންސް | 
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
އަތޮޅު ފެންވަރުގައި އިޤްތިޞާދު ކުރިއެރުވުމަށާއި އިޤްތިޞާދަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައްކުރުން.އަތޮޅުގައި އިޤްތިޞާދީގޮތުން ކުރެވެންހުރި މަސައްކަތްތަކަށާއި ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.އަތޮޅުގެ ރައްޔިތުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރުމުގެ މަގު ފަހިކޮށްދީ ސަރުކާރުން ލުއިލޯން ލިބޭނެމަގު ތަނަވަސްކޮށްދިނުން.  އަތޮޅުގައިހުރި ދުރަށްއަލިފޮނުވައިދޭ ބައްތިތަކާއި، ނެރުބައްތިތަކާއިބެހޭ ކަންތައްތައް ކުރުން. އޮއިވާލި ކަނދުފައްޗާއި ބެހޭ ކަންތައްތައް ކުރުން.އަތޮޅުކައުންސިލުން ކިޔާ ނީލަމާބެހޭ ކަންކަން އެކަމަށް ކަނޑައެޅިފައި އޮންނަ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓް ކުރުން.ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުޅަނދުފަހަރުގެ ޚިދުމަތްތައް ތަރައްޤީކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވާ ބެލެހެއްޓުން    ރައްޔިތުންގެ ތަރައްޤީއަށްޓަކައި ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައިކުރެވޭ މަސައްކަތްތައް ކުރުން. ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވައި ހިންގުމާއި ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށްވެސް ކުރެވެންހުރި ކަންތައްތައް ބަލައި ޕްރޮގްރާމްތައް ހިންގުން.އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ކުރާ މަސައްކަތްތަކަށް އެހީތެރިވުން.އިޤްތިޞާދީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ރާވާ ހިންގުންއަތޮޅު ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި، ހިންގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތްތައްކުރިއެރުވުމަށް އެހީތެރިވުމުގެ ވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.އަތޮޅުގައި ކުޅޭ އެކިއެކި ޘަޤާފީ، ކުޅިވަރުތައް ދިރުވައި އާލާކުރުމުގައި ކްލަބް ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ފަރާތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުން.ޔައުމިއްޔާ ލިޔުމަށް އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮމޭޝަން ޔުނިޓަށް ބޭނުންވާ މަޢުލޫމާތު ދިނުންކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކައުންސިލަށް އާމްދަނީ ލިބޭ އިމާރާތްތައް ވިޔަފާރި އުޞޫލުން ހިންގުމާއި ބެލެހެއްޓުންޔުނިޓަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުންޔުނިޓުން ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.ޔުނިޓްގެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުންޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ، ކުއްލި އިމަޖެންސީ ކަންކަމާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުންފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް / ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުންޔުނިޓްގެ އެހެން މުވައްޒަފަކާ، ދިމާވާ ކަމަކާ ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުންއަދި މިނޫނަސް ކައުންސިލުން ޙަވާލުކުރާ މަސައްކަތް ކުރުން | 
| މަޤާމުގެ ޝަރުޠުތައް: | ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ  ބިޒްނަސް މެނޭޖްމެންޓް  ނުވަތަ  އިކޮނަމިކްސް އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ  ބިޒްނަސް މެނޭޖްމެންޓް  ނުވަތަ  އިކޮނަމިކްސް އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން | 
| ހުށަހަޅަންޖެހޭ ލިޔުންތައް:                                 | 
ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| ތަޢުލީމާއި ތަމްރީން: | %40 |  
|  | %35 |   |  
| 
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން | %5 |   |  
| ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނަށް | %5 |  
| މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |  |  
| ލިބިފައިވާ ހުނަރު (އިންޓަރވިއު) | %40 |    | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2018 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620043 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖޫން 2018 އާއި 30 ޖޫން 2018 އާ ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގައެވެ. | 
| ޝޯޓް ލިސްޓްކުރުން:   | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ އިތުރުވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |