ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ސަރވިސަސްއިން ހދ.ހަނިމާދޫގައި ކުރިޔަށްގެންދާ މަޝްރޫޢު މަސައްކަތަށް ތިރީގައިމިދަންނަވާ ޢަދަދަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
05 ކާޕެންޓަރ
01 އިލެކްޓްރިޝަން
05 މޭސަން
01 އެޑްމިނިސްޓްރޭޓިވް އޮފިސަރ
18 ލޭބަރ
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 13:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މެއި 21 ވާ ހޯމަ ދުވަހުގެ ހެނދުނު 12:00 ފެށިގެން 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.
06 ރަމަޟާން 1439
