ދިވެހިރާއްޖެ
އިއުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ސަރވިސަސްއިން މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ދެވަނަ ނަންބަރު IUL)447-PR/1/2018/39) އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
މި ސަރވިސަސްއިން މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތަށް ތިރީގައިމިދަންނަވާ ޢަދަދަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
04 ކާޕެންޓަރ
02 އިލެކްޓްރިޝަން
04 މޭސަން
30 ލޭބަރ
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މެއި 21 ވާ ހޯމަ ދުވަހުގެ ހެނދުނު 12:00 ފެށިގެން 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 12:30ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.
06 ރަމަޟާން 1439
